މާމިގިލި ބޭރުން ފީނަން ދިޔަ ކުއްޖާ ނިޔާވެފައި އޮއްވައި ފެނިއްޖެ
.jpg&w=96&q=75)
16 އޭޕްރީލު 2025 - 09:28

އދ. މާމިގިލީގައި ފީނަން ގޮސްއުޅުނު 15 އަހަރު ކުޑަކުއްޖާ، ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ، މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް ފީނަން ގޮސްއުޅުނު 4 ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 19:00 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެ ކުއްޖާގެ ހަށިގަނޑު، މިހާރު ވަނީ މާމިގިލި ސިއްޚީ މަރުކަޒަށް ގެންގޮސްފައެވެ.