logo
E-Platinum
ޚަބަރު

ޒަމާނީ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
12 ޖުލައި 2025 - 07:19
މިރޭ ހުޅުވާ އިސްލާމީ ކުތުބުޚާނާ
މިރޭ ހުޅުވާ އިސްލާމީ ކުތުބުޚާނާ

ރާއްޖޭގެ އައު އިސްލާމީ ކުތުބުޚާނާ، މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި އިސްލާމީ ވުޒާރާއިން ޤާއިމްކުރި ކުތުބުޚާނާގައި 15،000އަށް ވުރެ ގިނަ ފޮތް ހުންނާނެއެވެ.

އެކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އެ ކުތުބުޚާނާއަކީ  އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ވާނެ ކަމަށެވެ.

އަދި މި ކުތުބުޚާނާއާއެކު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ހއ. ދިއްދޫ އިސްލާމިކް ސެންޓަރުގެ ލައިބްރަރީ އާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރުގެ ލައިބްރަރީ އާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރުގެ ލައިބްރަރީ އާއި އައްޑޫ އިސްލާމިކް ސެންޓަރުގެ ލައިބްރަރީގެ އިތުރުން ، އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވާސިޓީއަކުން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެ ޔުނިވާސިޓީން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައި ހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށްޚަބަރު | 3 ގަޑިއިރު ކުރިންދެމަފިރިންގެ ހައްގުތަކާއި ވާޖިބުތަކާއި ގުޅޭގޮތުން މަވައްދަތު ސިލްސިލާގެ ފޯރަމެއް ހުކުރުދުވަހުގެރޭޚަބަރު | 7 ގަޑިއިރު ކުރިންއުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 19 ގަޑިއިރު ކުރިންއިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާ ކުރަން ހުޅުވާލައިފި ޚަބަރު | ދުވަހެއް ކުރިން