އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާ ކުރަން ހުޅުވާލައިފި
16 ޖުލައި 2025 - 04:35

އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާ ކުރަން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ރ.އުނގޫފާރު އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ގެ އިތުރުން ފުވައްމުލަކު ސިޓީ ޤުރްއާން ސެންޓަރުގައި ގާއިމުކުރާ ލައިބްރަރީތަކަށް ބޭނުންވާ ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން ހުރި އިސްލާމީ، ތައުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، މިނޫންވެސް ދާއިރާތަކުގެ ފޮތްތައް ހޯދަން ބޭނުންވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަވެއެވެ.
އެހެންކަމުން މިނިސްޓްރިން ބުނީ، މި ދާއިރާތަކުން ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު އެ މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
އެގޮތުން ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީމުމަށް [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ މިމަހުގެ 31 ވަނަދުވަހުގެ 11:00 ޖަހާ އިރު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.