logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖުލައި 2025 - 18:35
އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފި

އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގުމަށްފަހު ލަނޑުދިން މައްސަލައެއް ބައްލަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވިގޮތުގައި އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައިވަނީ އައިސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވެފައެވެ.

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް މި އަހަރުގެ މާރިޗް މަހު ވެސް އިސްލާމިކް މިނިސްޓްރީން ބަލާފަވެއެވެ. އެފަހަރު ފެންމަތިވެގެން ބެލީ އެ ގްރޫޕުން ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ  ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އަންގާފައިވާކަމަށްބުނެ، ފައިސާ ދެއްކި މީހުންނާއި ޢާއިލާތަކުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުުކުރަމުން ދަނިކޮށެވެ.

އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏަކަށް ފިޔަވަޅުއަޅަން ނިިންމައި އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީމަހު އެކަން އާންމުކޮށް ޢިއުލާންކޮށްފައެވެ. އަދި އެ ކުންފުނިތައް ވަނީ ޤަވާޢިދާ ޚިލާފްވި ނިސްބަތުން ޖޫރިމަނާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިސްކިތުގައި ހިލޭ އިސްލާމް ޓިއުޝަންދިނުމަށް މިނިސްޓަރ ޝަހީމްގެ ޚިޔާލެއް!ޚަބަރު | ދުވަހެއް ކުރިންހުޅުމާލެ ފޭސް ދޭއްގައި ބިނާކުރި މަސްޖިދުލްއީމާން ހުޅުވުމަށް ތައްޔާރުވެއްޖެޚަބަރު | 3 ދުވަސް ކުރިންއުމްރާގެ ހިދުމަތް އެންމެ ފުރިހަމައަށްދޭ ގްރޫޕުތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ލިޔުން ދީފިޚަބަރު | 9 ދުވަސް ކުރިންމަނަދޫގެ 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފިޚަބަރު | 9 ދުވަސް ކުރިން