މި ރޯދަމަހު އިތުރު 19 މިސްކިތެއް ހުޅުވަނީ
19 ފެބްރުއަރީ 2026 - 05:09

މި ރަމަޟާންމަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 19 މިސްކިތެއް ހުުޅުވިގެން ދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ރޭ ވިދާޅުވީ 15 މިސްކިތް ހުޅުވި، ރޯދަ މަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވޭނެ ކަމަށެވެ.

Ad by Hajj Corporation
އެއީ ޖުމުލަ 19 މިސްކިތް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭ ކަމަށެވެ.
އިއްޔެ ހަވީރު މަސްޖިދުލް ޔޫސުފުލް ބަރުބަރީ ވަނީ ހުޅުވައިފައެވެ.
މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާފައި މިވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.
އެ ވުޒާރާއިންް ބުނި ގޮތުގައި އެ ވުޒާރާގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއިން 90 އަށްވުރެ ގިނަ މަޝްރޫއު މިހާރު ކުރިއަށްދެއެވެ.


