logo
E-Platinum
ޚަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށް

ނުހާ އަޙްމަދު
17 ޖުލައި 2025 - 10:29
އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި މައްސަލައާއި ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާ އަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި އުމްރާ އަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލާއާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާ ތަކާއި މަޝްވަރާކޮށް، އެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން އެމައްސަލަ ދަނީ މިހާރު ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ވަނީ އެ ކުންފުނިން އެފަދަ މައްސަލައެއް ދިމާވެފައިވާ އިތުރު ފަރާތެއްވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ގެ ނަމްބާރު 9790048 ގުޅާއިގެން ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް އެދިފައެވެ.

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް މި އަހަރުގެ މާރިޗް މަހު ވެސް އިސްލާމިކް މިނިސްޓްރީން ބަލާފަވެއެވެ. އެފަހަރު ފެންމަތިވެގެން ބެލީ އެ ގްރޫޕުން ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ  ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އަންގާފައިވާކަމަށްބުނެ، ފައިސާ ދެއްކި މީހުންނާއި އާއިލާތަކުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުުކުރަމުން ދަނިކޮށެވެ.

އުމްރާއަށް ގެންދިޔުމުގެ އުސޫލާ ހިލާފްވި 19 ކުންފުންޏަކަށް ފިޔަވަޅުއަޅަން ނިިންމައި އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީމަހު އެކަން އާންމުކޮށް ޢިއުލާންކޮށްފައެވެ. އަދި އެ ކުންފުނިތައް ވަނީ ގަވާއިދާ ހިލާފްވި ނިސްބަތުން ޖޫރިމަނާކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށްޚަބަރު | 8 ގަޑިއިރު ކުރިންދެމަފިރިންގެ ހައްގުތަކާއި ވާޖިބުތަކާއި ގުޅޭގޮތުން މަވައްދަތު ސިލްސިލާގެ ފޯރަމެއް ހުކުރުދުވަހުގެރޭޚަބަރު | 12 ގަޑިއިރު ކުރިން އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖައްސައިފިޚަބަރު | 13 ގަޑިއިރު ކުރިންއުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | ދުވަހެއް ކުރިން