logo
Bank of Maldives

Bank of Maldives

ޚަބަރު

އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖައްސައިފި

ނުހާ އަޙްމަދު
17 ޖުލައި 2025 - 04:55
 އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖައްސައިފި

އއ. މާޅޮހުގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް މާރާލާއިފައިވާ އއ. މާޅޮސް، އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފޮނުވާލަން ހަމަޖައްސައިފިއެވެ.

މި މައްސަލައިގެ ތަހުގީގާގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އިތުރު ތަހުލީލުތަކުގެ ބޭނުމަށް ޕޯސްޓު މޯޓަމް ހަދަން އަބްދުއްރަހުމާނުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

އެނގިފައިވާގޮތުގައި އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުމީހުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަމަަށް އާއިލާއިންބުނެފައިވެއެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.

މެންދުރަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 4 ދުވަސް ކުރިންއުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | މަހެއް ކުރިންތިލަފުށީގައި ލޮރީއެއްދަށުވެ މީހަކަށް ސީރިއަށް އަނިޔާތަކެއް ޚަބަރު | މަހެއް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާ އިން ވަކި ކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިން