logo
E-Platinum
ޚަބަރު

ތަފާސް ހިސާބު: އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުން

އަޙްމަދު ޒަލީފް
12 ޖުލައި 2025 - 08:14
ތަފާސް ހިސާބު: އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖޫން މަހުގެ ނިޔަލަށް 14000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި 8 ގިއްތިއެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މިބައިން އެކަނިވެސް ޖުމްލަ 4117 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1818 އަންހެނުންނާއި 2299 ފިރިހެނުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން ރަޖިސްޓްރީ ކޮށްފައިވާ މީހުން ކަމަށް އެންސްޕާ އިން މަޢުލޫމާތު ދެއްވައެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1793 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 722 އަންހެނުންނާއި 1071 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1745 ފަރާތެއް ހިމެނޭއިރު މީގެ ތެރޭގައި 922 އަންހެނުންނާއި 823 ފިރިހެނުން ހިމެނެއެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 471 އަންހެނުންނާއި 532 ފިރިހެނުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ ޖުމްލަ 1003 ފަރާތެކެވެ.

އޯޓިޒަމް ހުރެގެން ޖުމްލަ 586 ފަރާތެއް ރަޖިސްޓްރީ ވެފައިވާއިރު މީގެ ތެރޭގައި 123 އަންހެނުންނާއި 463 ފިރިހެނުން ހިމެނެއެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 19 އަންހެނުންނާއި 36 ފިރިހެނުން ޖުމްލަ 55 ފަރާތެއް ވަނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައެވެ.

މަލްޓިޕަލް ޑިސްއެބްލިޓީ ހުރެގެން ޖުމްލަ 3224 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 1134 އަންހެނުންނާއި 2090 ފިރިހެހުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1889 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 819 އަންހެނުންނާއި 1070 ފިރިހެނުން ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | 11 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްޚަބަރު | 5 ދުވަސް ކުރިންއެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 25.8 މިލިއަން ރުފިޔާ ޚަބަރު | 7 ދުވަސް ކުރިންތަފާސް ހިސާބު: އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންޚަބަރު | 10 ދުވަސް ކުރިން