logo
World

އެއާރ އިންޑިޔާގެ ތަޙުޤީޤު: "ތެޔޮ ސްވިޗު ކަނޑާލީ ކީއްވެގެންތޯ ޕައިލެޓަކު އަނެއް ޕައިލެޓު ގާތު އެހި"

އަޙްމަދު ޒަލީފް
12 ޖުލައި 2025 - 11:17
 އެއާރ އިންޑިޔާގެ ތަޙުޤީޤު: "ތެޔޮ ސްވިޗު ކަނޑާލީ ކީއްވެގެންތޯ ޕައިލެޓަކު އަނެއް ޕައިލެޓު ގާތު އެހި"

އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، އެ ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ސްވިޗު ކަނޑައިލިކަން، އެ ހާދިސާގެ ތަހުޤީގުގެ އިބްތިދާޢީ ރިޕޯޓުން ހާމަވެއްޖެއެވެ.

އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (AAIB) އިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި ބޯޓު އުދުހިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ އިންޖީނުގެ ބާރު އެއްކޮށް ގެއްލިފައިވެއެވެ. ބޯޓުގެ "ބްލެކް ބޮކްސް" އިން އެނގުނު ގޮތުގައި، ވެއްޓުމުގެ ކުރިން ކޮކްޕިޓްގައި ތިބި ދެ ޕައިލެޓުންގެ މެދުގައި ބޮޑު އޮޅުންއެރުމެއް އުފެދުނެވެ. އެއް ޕައިލެޓް އަނެއް ޕައިލެޓް ގާތު، "ކީއްވެ ތި ކަޓްއޮފް ކުރީ؟" ސުވާލުކުރުމުން، އަނެއް ޕައިލެޓް ޖަވާބުގައި، "އަހަރެން ނުކުރަން" މިހެން ބުނެފައިވެއެވެ. މިއީ ދެ ޕައިލެޓުންގެ ނޭނގުމުގެ ތެރެއިން މިކަން ހިނގައިގެން ދިޔަކަމުގެ ހެއްކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަތިންދާބޯޓެއްގެ އިންޖީނުތަކަށް ތެޔޮ ފޮނުވާ ސްވިޗުތައް އާންމުކޮށް ކަނޑައިލަނީ، ބޯޓު އެއާޕޯޓުގައި ޖެއްސުމަށްފަހު ނޫނީ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކުއްލި ޙާލަތެއްގައެވެ. ނަމަވެސް، އެއަރ އިންޑިޔާގެ ވެއްޓުނު މަތިންދާބޯޓަށް އެފަދަ ޙާލަތެއް މެދުވެރިކަމަކަށް ރިޕޯޓުގައި ބުނެފައެއްނުވެއެވެ.

އެ ރިޕޯޓުގައި، އެއަރ އިންޑިޔާއިން އަދި އެ މަތިންދާބޯޓު އުފެެއްދި ބޮއިންގ ކުންފުނިން ވެސް ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅަން މި ވަގުތު ލަފާދީފައެއް ނުވެއެވެ.

ޖޫން 12 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެފައިވެއެވެ.

ތަހުގީގު ރިޕޯޓްގައި ބޯޓު އުފެއްދި ބޮއިން ކުންފުންޏާއި އިންޖީނު އުފެއްދި ޖީއީ ކުންފުނި މިކަމުގެ ޒިންމާއިން ބަރީއަކޮށްފައިވެއެވެ. ނަމަވެސް، މިހާ ތަޖުރިބާކާރު ޕައިލެޓުންތަކެއް ތިއްބައި، އިންސާނީ އަމަލަކުންކަމެއް ނުވަތަ ޓެކްނިކަލް މައްސަލައަކުންކަމެއް މި ސްވިޗްތައް ބަންދުވި ސީދާ ސަބަބު ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި ހާދިސާގެ އަސްލު އަދިވެސް ވަނީ ސިއްރެއްގެ ގޮތުގައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާރ އިންޑިޔާގެ ތަޙުޤީޤު: "ތެޔޮ ސްވިޗު ކަނޑާލީ ކީއްވެގެންތޯ ޕައިލެޓަކު އަނެއް ޕައިލެޓު ގާތު އެހި"World | 2 މަސް ކުރިން