logo
E-Platinum
ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ނުހާ އަޙްމަދު
13 ޖުލައި 2025 - 06:19
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ މާލެ، އުމުރުން 28 އަހަރުގެ އަހްމަދު ނަޘްމީން އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރު ކޮށްފައިވަނީ، ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމަށެވެ.

އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 214 ގުރާމް ހުރި ކަމަށާއި، މީގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އަހްމަދު ނަޘްމީން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

 މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށްޚަބަރު | 12 ގަޑިއިރު ކުރިން އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖައްސައިފިޚަބަރު | 17 ގަޑިއިރު ކުރިންރާއްޖޭގައި ޒަމްޒަމް ފެނުގެ ބަދަލުގައި އިސްކުރޫ ފެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެޚަބަރު | ދުވަހެއް ކުރިންފީނަން ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | 3 ދުވަސް ކުރިން