ރާއްޖޭގައި ޒަމްޒަމް ފެނުގެ ބަދަލުގައި އިސްކުރޫ ފެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ
16 ޖުލައި 2025 - 10:41

ރާއްޖޭގައި ޒަމްޒަމް ފެނުގެ ބަދަލުގައި އިސްކުރޫ ފެން ވިއްކާ މައްސަލައެއް ފެންމަތިވެ ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ޒަމްޒަމްފެނުގެ ބަދަލުގައި އިސްކުރޫފެންވިއްކަމުން ދާ ފެނުގެ ޕެކިން ހަދަމުން ދަނިކޮށް، ޔޫއޭއީ ގައި ވަނީ ހުއްޓުވައި އެކަމުގެ އަޑީގައި ތިބި މީހުން ހައްޔަރު ކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ނޫހަކުން އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ.
އެ ވީޑިއޯއިން ފެންނަނީ، ފެންބަންދު ކުރުމަށް ތައްޔާރު ކޮށްފައިވާ ފެކްޓްރީއެއްގައި ފުޅިތަކެއް ބަންދު ކުރުމަށް ބޭނުންކުރާ ލޯގޯ ޕެކިންއާ، އެ ފުޅިތަކަށް ފެންއެޅުމަށް ބޭނުންކުރާ އިސްކުރޫގެ މަންޒަރުތަކެވެ. އަދި އިސްކުރޫގެ ފެން ސާފުނޫން ކަން ވެސް ވީޑިއޯއިން ފެނިގެންދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޮރިޖިނަލް ޒަމްޒަމްފެން ކަމަށް ޖަހާފައިވާ މި ފުޅިތަށް ރާއްޖޭގައި 550 ރުފިޔާގެ ރޭޓުން ދަނީ ވިއްކަމުންނެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އެކަމާ ގުޅުންހުރި އިދާރާ ތަކާއިގުޅިގެން އެކަމާބެހޭ މައުލޫމާތު ސާފުކޮށް ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.