logo
E-Platinum
ޚަބަރު

ލ. ގަމަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ނުހާ އަޙްމަދު
13 ޖުލައި 2025 - 06:22
ލ. ގަމަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ލ. ގަމަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. 

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / އުޑުވިލާގެ، އުމުރުން 35 އަހަރުގެ ހުސައިން ޝަރީފް އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ތ. އަތޮޅުން ލ. ގަމަށް ދަތުރު ކުރާ ފެރީއަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ލ. ގަން މުކުރިމަގު ބަނދަރުމަތިން ކަމަށެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސް، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އެއް ކޮތަޅު ފެނިފައިވާ ކަމަށާއި، މިތަކެތީގެ ބަރުދަނުގައި 321.40 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

 މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މިމައްސަލައިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ. 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންވޭނެއް އޯވަޓޭކް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި، ދެ މީހަކަށް އަނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިންފޭކް ސްލިޕް ހަދައިގެން ހީލަތް ހެދި ދެމަފިރިންގެ އަތުން ބައެއް ފައިސާ އަނބުރާ ހޯދައިފިޚަބަރު | 2 ދުވަސް ކުރިންމާމިގިލި ބޭރުން ފީނަން ދިޔަ ކުއްޖާ ނިޔާވެފައި އޮއްވައި ފެނިއްޖެޚަބަރު | 2 ދުވަސް ކުރިން