މާޅޮހުން މަރުވި މިހާގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް މާލެ ގެންނަނީ
13 ޖުލައި 2025 - 10:20

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު ފެނުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މާލެގެންނަން މަސައްކަތްކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެންދަނީ، ރޭ ދަންވަރު ހިންގި މި ހާދިސާއާިއ ގުޅިގެން މާޅޮހަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންނެވެ.
އަނިޔާވެރި ގޮތަކަށް ޒަޚަމްކޮށްލާފައި އޮތްވާ ފެނުނީ އެރަށު އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމެވެ. އޭނާ ނިޔާވީ އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާގޮތުގައި އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުމީހުންނާއި ހަވާލާދީ މީޑިއާތަކުގައި ތިޕޯޓްކޮށްފައިވެއެވެ. ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަމަަށް އާއިލާއިންބުނެފައިވެއެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.