މާލޭގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވީ އަޝްފާ އާއި ތޭރަވާގެ ހަމައެކަނި ދަރިފުޅު

13 ޖުލައި 2025 - 17:44

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓްގައި ނިޔާވީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު އަލްސަލް މުހައްމަދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން މިރޭ ބުނީ މިރޭ މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޒެބްރާ ކްރޮސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގަ އާއި އެވަގުތު ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންކުރެ 17 އަހަރުގެ ކުއްޖާ މިހާރު ވަނީ ނިޔާވެފައެވެ. އަނެެއް މީހާގެ ހާލު ސީރިސްކަމަށް ވެސް ފުލުހުން ބުންޏެވެ.
ނިޔާވި 17 އަހަރުގެ ކުއްޖާ އާއި 16 އަހަރު ކުއްޖާ އަކީ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެ ފަރާތެވެ.
މި އެކްސިޑެންޓްގައި ދެން އަނިޔާވީ 40 އަހަރުގެ މީހަކަށާއި 16 އަހަރުގެ ކުއްޖަކަށެވެ.