logo
ޚަބަރު

މިއަހަރުގެ ފުރަތަމަ 6 މަހު މާލޭގައި 1,100 އަށްވުރެ ގިނަ އެކްސިޑެންޓް

ޝަހްޒާ މުހައްމަދު
14 ޖުލައި 2025 - 12:21
މިއަހަރުގެ ފުރަތަމަ 6 މަހު މާލޭގައި 1,100 އަށްވުރެ ގިނަ އެކްސިޑެންޓް

މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި މާލެ، ސަރަހައްދުގައި ޖުމްލަ 1،101 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހުގައި ކަމަށްވާއިރު، އެމަހު 215 އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެ ފަހުން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މެއި މަހުގައި ކަމަށްވާއިރު، އެމަހު 207 އެކްސިޑެންޓް ހިނގާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރެއިން 90 ޕަސެންޓް އެކްސިޑެންޓްގައި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާއިރު، 10 ޕަސެންޓް އެކްސިޑެންޓްގައި މީހުންނަށް އަނިޔާވެފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގެ ތެރެއިން 6 ޕަސެންޓް އެކްސިޑެންޑްތަކަކީ ސީރިއަސް އެކްސިޑެންޓްތަކެވެ.

އެކްސިޑެންޓްތައް ހިނގާފައިވާ ވަގުތަށް ބަލާއިރު، 68 ޕަސެންޓް އެކްސިޑެންޓް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އަދި 32 ޕަސެންޓް އެކްސިޑެންޓް ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

ސަރަހައްދުތަކަށް ބަލާއިރު، 83 ޕަސެންޓް އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައި ކަމަށްވާއިރު، 17 ޕަސެންޓް އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ ތަފާސްހިސާބެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކުރެއެވެ.

އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނައީ، ސައިކަލާއި ކާރުޖެހިންގެ ހިގާފައިވާ އެކްސިޑެންޓްތަކެވެ. އެގޮތުން އެފަދަ 295 އެކްސިޑެންޓްވަނީ ހިނގާފައެވެ. އަދި ސައިކަލާއި ސައުކަލު ޖެހިގެން 267 އެކްސިޑެންޓްހިނގާފައިވާ އިރު ތިންވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހިޓް އެންޑް ރަން ކޭސްތަކެވެ.

މަލޭ ސަރަހައްދުގައި ހާއްސަކޮށް ސިނަމާލެ ބްރިޖާއި ހައިވޭ ހިމެނޭ ސަރަހައްދުގައި ބޮޑެތި އެކްސިޑެންޓް ހިނގާ، ހިތާމަވެރި ހާދިސާތަކެއްދަނީ ހިނގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.46 މިލިއަނަށް އަރައިފި ޚަބަރު | 7 ދުވަސް ކުރިންމިއަހަރުގެ ޖޫން މަހު ދައުލަތަށް 2.9 ބިލިޔަން ރުފިޔާޚަބަރު | 12 ދުވަސް ކުރިންގޭންގު ކުށްތަކުގެ ގާނޫނަށް ފުލުހުން ވަނީ ތައްޔާރުވެފަ: ޖަމްޝީދްޚަބަރު | 13 ދުވަސް ކުރިންޗައިނާ މީހުންނަށް އަމާޒުކޮށް ސްކޭމްއެއް ހިންގަނީ، 2.9 މިލިއަން ރުފިޔާ ގެއްލިއްޖެޚަބަރު | 15 ދުވަސް ކުރިން