logo
E-Platinum
ޚަބަރު

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
14 ޖުލައި 2025 - 06:33
ޤުރްއާން ކިޔެވުމުގެ  ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 13 ޖުލައި 2025 އިން 17 އޮގަސްޓު 2025 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެމަފިރިންގެ ހައްގުތަކާއި ވާޖިބުތަކާއި ގުޅޭގޮތުން މަވައްދަތު ސިލްސިލާގެ ފޯރަމެއް ހުކުރުދުވަހުގެރޭޚަބަރު | 6 ގަޑިއިރު ކުރިންއުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 18 ގަޑިއިރު ކުރިންއިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހަދިޔާ ކުރަން ހުޅުވާލައިފި ޚަބަރު | ދުވަހެއް ކުރިންޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން