logo
E-Platinum
ޚަބަރު

ޒާރާ އާއި ސިޔާމް ވަރިވެއްޖެ

މެންދުރު ޓީމް
16 އޭޕްރީލު 2025 - 09:28
ޒާރާ އާއި ސިޔާމް ވަރިވެއްޖެ

ދ. މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، އަޙްމަދު ސިޔާމް އާއި އާމިނަތު ޒާރާގެ ކައިވެނި ރޫޅާލައްވައިފިއެވެ.

އެކަން، ސިޔާމްގެ އަރިސް ބޭފުޅެއްކަމުގައިވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، މެންބަރު ސިޔާމް އާއި ޒާރާ ކައިވެނިކުރެއްވީ ލޯބީގެ ގޮތުން ކަމަށާއި، އެ ކައިވެނި ރޫޅާލައްވާފައިވަނީ ވެސް ރިވެތި ގޮތުގައި މަޝްވަރާކުރުމަށްފަހު ސުލްޙަވެރިކަމާ އެކުގައި ކަމަށެވެ.

އަދި މެންބަރު ސިޔާމް އަކީ އެއްވެސް މީހަކާ މެދު ބޭއިންސާފުން އަދި، ނިކަމެތިކޮށް ވެސް ކަންކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، ކޮންމެ މީހަކާ މެދު ވެސް ކަންކުރައްވާނީ ލޯބިން އޯގާތެރިކަމާ އެކުކަމަށް އެ ޕޯސްޓުގައި މެންބަރު އައްބާސް ވިދާޅުވިއެވެ.

އަދި ކައިވެނިކުރާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އެ ޕޯސްޓުގައި އައްބާސް ލިޔުއްވާފައިވެއެވެ.

ބ. ކަމަދޫއަށް އުފަން ޒާރާ އާއި މެންބަރު ސިޔާމް ކައިވެނި ބައްލަވައިގަތީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ކައިވެނި ފާހަގަކުރެވުނީ މީސް މީޑިޔާގައި ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު ކައިވެންޏެއްގެ ގޮތުގައެވެ. ޒާރާ އަދި ސިޔާމްގެ ކައިވެނީގެ ރަސްމީ ޙަފުލާ ބާއްވާފައިވަނީ ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒާރާ އާއި ސިޔާމް ވަރިވެއްޖެޚަބަރު | 14 ގަޑިއިރު ކުރިންވެރިކަން ކުރުމުގެ މާބޮޑު ޝައުގުވެރިކަމެއް ސިޔާމުގެ ނެތްޚަބަރު | 7 މަސް ކުރިންސިޔާމްގެ ދީލަތިކަން މުޅި ކަމަދޫއަށްޚަބަރު | އަހަރެއް ކުރިން