logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ހާމަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖުލައި 2025 - 03:17
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކޮށްފި

ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ 922 ބޭފުޅުންކަން ސަރުކާރުން ރޭ ހާމަކޮށްފިއެވެ.

މިއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޢައްޔަނުކުރަށްވާފައިވާ މަގާމުތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ތަފްސީލުތަކަށް ބަލާއިރު، މި 922 ބޭފުޅުން ޢައްޔަނު ކުރައްވާފައިވާ ގިންތިތަކުގެ ތެރެއިން ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން އަދި ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން އެބަތިއްބެވިއެވެ.

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން އަދި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 7 ބޭފުޅުން އެބަތިއްބެވިއެވެ.

އިތުރުގިންތިތަކާއި ޢަދަދުތައް

ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި: 216 ބޭފުޅުން

ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި: 20 ބޭފުޅުން

ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި: 318 ބޭފުޅުން

ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި: 08 ބޭފުޅުން

ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި: 169 ބޭފުޅުން

ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި: 04 ބޭފުޅުން

އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި: 04 ބޭފުޅުން

އެހެނިހެން ސިޔާސީ މަޤާމުތަކުގައި: 49 ބޭފުޅުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގާ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިޚަބަރު | 22 ދުވަސް ކުރިންމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ހުޅުއްވައިލައްވައިފިޚަބަރު | 24 ދުވަސް ކުރިންސަރުކާރުގެ ވެސް، ރައީސްގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރުން: ތަރުޖަމާނުޚަބަރު | 3 މަސް ކުރިންދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީޚަބަރު | 3 މަސް ކުރިން