logo
MPL

MPL

ޚަބަރު

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖުލައި 2026 - 18:13
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މި މުހިންމު މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް (https://presidency.gov.mv) އިންވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވީ 21 އޯގަސްޓް 2021 ގައެވެ. އެ މަޤާމަށް އޭރު އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ތަފާސްހިސާބާ ބެހޭ ކަންކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒް ކުރުމެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މޯލްޑިވްސް 2.0": ދައުލަތުގެ މުއައްސަސާތަކަށް ޚާއްސަ ޑިރެކްޓަރީއެއް އިފުތިތާހުކޮށްފިޚަބަރު | 22 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިޚަބަރު | މަހެއް ކުރިންރައީސް އޮފީހުގެ އިސް ދެ މަޤާމަކަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިޚަބަރު | 4 މަސް ކުރިން