logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އޮފީހުގެ އިސް ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ސެޕްޓެމްބަރު 2026 - 16:44
ހަބީބް (ކ) އަދި ތޮލާލް
ހަބީބް (ކ) އަދި ތޮލާލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެ ބޭފުޅަކު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ގ. ފިނިވިލު، މުޙައްމަދު ޠަލާލް ޢައްޔަންކުރައްވާފައިވާއިރު، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޠަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. ޠަލާލަކީ ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އޭނާ ވަނީ ފުރުއްވާފައެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ޠަލާލް ވަނީ އަދާކުރައްވާފައެވެ. އަދި އޭނާއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބް އެންމެ ފަހުން ހުންނެވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. އޭނާ ވަނީ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

މީގެއިތުރުން، ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމާއި ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަންވެސް އަޙްމަދު ޙަބީބް ވަނީ އަދާކުރައްވާފައެވެ. ތަޢުލީމީ ގޮތުން ބަލާއިރު، ޙަބީބް ވަނީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުގެ އިސް ދެ މަޤާމަކަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | 14 ގަޑިއިރު ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 15 ގަޑިއިރު ކުރިން