logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ދަރިންގެ ޚަރަދު ނުދޭ މީހުންގެ ވަނަވަރު ހާމަކުރަން ފެމިލީ ކޯޓުން ފަށައިފި

ނުހާ އަޙްމަދު
16 ޖުލައި 2025 - 09:46
ފެމިލީ ކޯޓު: ފޮޓޯ: މިހާރު
ފެމިލީ ކޯޓު: ފޮޓޯ: މިހާރު

ދަރިންގެ ޚަރަދު ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ނުދޭ މީހުންގެ ވަނަވަރު ފޮޓޯއާއެކު ފެމިލީ ކޯޓުން ހާމަކުރަން ފަށައިފިއެވެ.

ފެމިލީ ކޯޓުން މިއަދު ވަނީ ފުރަތަމަ ފަހަރަށް މީހެއްގެ ވަނަވަރު ފޮޓޯއާ އެކު އާންމު ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކޯޓުން އާންމު ކޮށްފައިވަނީ މާލެ ދަފްތަރު ނަންބަރު 2758، އަހްމަދު އަލީގެ ވަނަވަރު އަދި ފޮޓޯ އެވެ.

އޭނާގެ ވަނަވަރު ހާމަކުރަމުން ފެމިލީ ކޯޓުން ބުނެފައިވަނީ، ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތާމެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އޭނާ އަކީ، ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން އާންމުކޮށް އަންގާ ކަމަށެވެ.

ސާބިތު ޚަރަދަށް ފައިސާ... - Family Court of the Maldives

ސާބިތު ޚަރަދަށް ފައިސާ... - Family Court of the Maldives

 

އާއިލާއާ ބެހޭ ގަވައިދު މިހާރު އެކުލަވާލާފައި އޮތް ގޮތުން ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމު ކުރެ އެވެ. އެގޮތުން އާއިލާއާ ބެހޭ ގަވާއިދުގެ 55 ވަނަ މާއްދާ އަކީ، ހުކުމާ އެއްގޮތަށް ސާބިތު ހަރަދުގެ ފައިސާ ނުދައްކައިގެން ހުށަހަޅައިފިނަމަ އަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާ އެވެ.

މި މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގެ ދަށުން ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ޝާއިޢު ކުރުމުގެ އިހްތިޔާރު އެ ކޯޓަކަށް ލިބިގެންވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަމަޟާންމަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފިޚަބަރު | މަހެއް ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 5 މަސް ކުރިންފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން އަބްދުﷲ ޤާޒީއަށްޚަބަރު | 6 މަސް ކުރިންފެމިލީ ކޯޓުގެ ތަފާސް ހިސާބު: ނިމުނު ދެ މަހު 460 ކައިވެންޏާއި 210 ވަރިޚަބަރު | 8 މަސް ކުރިން