logo
ޚަބަރު

ކުރިއަށް އޮތް 4 ދުވަހު މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

މޫސުން ގޯސްވުން
މޫސުން ގޯސްވުން

މާދަމާއިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު، ރާއްޖެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސްއިން (މެޓް އޮފީސް) ބުނެފިއެވެ.

މެޓުން ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް މައުލޫމާތުދެއެވެ.

 ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކޮށް އާއްމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާ ބަންދުގައި މުޅި ރާއްޖެއަަށް މޫސުން ގޯސް ޚަބަރު | 8 ދުވަސް ކުރިންހއ އިން ފެށިގެން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފި ޚަބަރު | މަހެއް ކުރިންމޫސުން ގޯސް، މުޅި ރާއްޖެ އަށް ވައިޓް އެލާޓް!ޚަބަރު | މަހެއް ކުރިންބިންހެލުމަށްފަހު އައި ލޮޅުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރި: މެޓްޚަބަރު | މަހެއް ކުރިން