logo
Bank of Maldives

Bank of Maldives

ޚަބަރު

ބިންހެލުމަށްފަހު އައި ލޮޅުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރި: މެޓް

އާމިނަތު ޝަފާ
29 ޖުލައި 2025 - 04:05
ބިންހެލުމަށްފަހު އައި ލޮޅުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރި: މެޓް

ނިކޯބަރ އައިލެންޑްސްއަށް ރިކްޓަރ މިންގަޑުން 6.2ގެ ބާރުމިނުގައި ރޭ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް މޫސުމާއި ބެހޭ އިދާރާ- މެޓް އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ބިންހެލުން އައިސްފައިވަނީ ރޭ ރާއްޖެގަޑިން 23:41 ގައިކަމަށެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވި ނަމަވެސް ބިންހެލުމާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައްވަނީ ލިބިފައިކަމަށް މެޓް އޮފީހުން މައުލޫމަތުދެއެވެ. މީގެ އިތުރުން މެޓް އޮފީހުން ބުނީ ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް، ރާއްޖެގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަންވަނީ ރެކޯޑް ކުރެވިފައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައެއްނުވެއެވެ.

ނިކޯބަރ އައިލެންޑްސް އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 2215 ކިލޯ މީޓަރު ދުރުން ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށެވެ. 

ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގެ އެއްވެސް ގައުމަކަށް ގެއްލުންލިބިފައިވާކަމަށް އަދި ރިޕޯޓުކޮށްފައެއްނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ޚަބަރު | 22 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: ކަނޑުތައް ގަދަވާނެ، ސަމާލުވޭ!ޚަބަރު | 24 ދުވަސް ކުރިންހަފްތާ ބަންދުގައި މުޅި ރާއްޖެއަަށް މޫސުން ގޯސް ޚަބަރު | 2 މަސް ކުރިންހއ އިން ފެށިގެން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފި ޚަބަރު | 3 މަސް ކުރިން