އިމިގްރޭޝަންގެ 25 އޮފިސަރުން ތަމްރީންކޮށްފި
16 ޖުލައި 2025 - 14:28

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އެއާޕޯޓުގަިއ މަސައްކަތް ކުރާ އިމިގްރޭޝަންގެ އޮފިސަރުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި ތަމްރީނު ޕްރޮގްރާމުގައި އަމާޒުކޮށްފައިވަނީ ވެރިފަޔަރ ޓީޑީ އެންޑް ބީ ބޭނުންކޮށްގެން ދަތުރުފަތުރުގެ ލިޔެކިޔުންތަކުގައި ހުންނަ އޮޅުވާލުންތައް ދެނެގަތުމާއި، އިމްޕޮސްޓަރުން ފާހަގަކުރުމުގެ ގާބިލުކަން އިތުރުކުރުމަށެވެ.
ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި 25 އޮފިސަރުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމުގައި ޑީއީއެސްސީ ޕްލެޓްފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމާއި ޓްރެންޑް އެނަލިސިސް ހަރުދަނާކުރުމަށްވެސް އަލިއަޅުވާލާފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރު އިޝިގާމި ރުމިކޯ އާއި، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ސީޕީ (ރިޓަޔަރޑް) އަހްމަދު ފަސީހް، އަދި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.