logo
ޚަބަރު

ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ޝަހްޒާ މުހައްމަދު
17 ޖުލައި 2025 - 05:18
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ހަފްތާއި ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާކުރާނެކަމަށެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށްކަމަަށްވެސް މޫސުމާބެހޭ އިދާރައިން ލަފާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށްވެސް އެ އިދާރައިން ބުންޏެވެ. ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޯށްފައެވެ.

މެޓް އޮފީހުން މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާއްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނުގެ އަތޮޅުތަކަށް މިއަދު ވެސް މޫސުން ގޯސް ޚަބަރު | މަހެއް ކުރިންމިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްޚަބަރު | މަހެއް ކުރިންގަދަ ވަޔާއެކު އެއާޕޯޓު މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެޚަބަރު | މަހެއް ކުރިންއުތުރުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެޚަބަރު | މަހެއް ކުރިން