logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުގެ އެހީގައި ސިވިލް ސާރވިސް މުވައްޒަފުންނަށް ސްކޮލަރޝިޕް ފުރުޞަތު

އަޙްމަދު ޒަލީފް
17 ޖުލައި 2025 - 10:35
ޖަޕާނުގެ އެހީގައި ސިވިލް ސާރވިސް މުވައްޒަފުންނަށް ސްކޮލަރޝިޕް ފުރުޞަތު

މިނިސްޓްރީ އޮޕް ހަޔަރ އެޑިއުކޭޝަން އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން "ދަ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭ.ޑީ.އެސް) ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި ޖައިކާ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޮޓޯ ޓަކީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމަކީ ޖަޕާނުގެ ޔުނިވާސިޓީތަކުން މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ހަ ފުރުސަތެއް ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ފޯރުކޮއްދިނުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

ޖައިކާގެ ޖޭ.ޑީ.އެސް ސްކޮލަރޝިޕް ގްރާންޓްގެ ދަށުން ދިވެހި ދައުލަތުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އަކީ ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅިގެން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ ފަދަ މުހިއްމު އެކި ދާއިރާތަކަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމަށް މަސައްކަތްކުރުމަށް ޖަޕާނުގެ ދައުލަތުން ގާއިމުކޮށްފައިވާ އޭޖެންސީއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެޑްލައިނެއް ނުބާއްވާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލަނީޚަބަރު | 2 މަސް ކުރިންޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 2 މަސް ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 2 މަސް ކުރިންދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | 3 މަސް ކުރިން