logo
E-Platinum
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ބައްދަލުކުރެއްވީ މިއަދު ހެނދުނު ވިންޑްސަރ ކާސްލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ދެބޭފުޅުންގެ މި ބައްދަލުވުން ކުރިއަށްދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ޚާއްޞަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގައެވެ.
ރައީސުލްޖުމުހޫރިއްޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި އެކު ޕްރައިވެޓް އޯޑިއެންސް އެއް މި ބޭއްވެވީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްވިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް ދިމާކޮށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޤްތިސާދީ މުސްތަޤްބަލު ބައްޓަންކުރުމަށް އިނގިރޭސި އިންވެސްޓަރުންނަށް ދައުވަތުޚަބަރު | 6 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސްއާ ބައްދަލުކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންނަޑެއްލާގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | 12 ގަޑިއިރު ކުރިންވީއައިއޭގެ އައު ޓާމިނަލާއެކު މިގެނެސްދިނީ އިގްތިސާދީ އިންގިލާބީ ބަދަލެއްރިޕޯޓް | 14 ގަޑިއިރު ކުރިން