logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްްޖެއިން އެމްޕޮކްސް އަށް ޓެސްޓުކުރި 2 ކޭސް ވެސް ނެގެޓިވް

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
22 އޯގަސްޓު 2024 - 11:52
ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ/ ސަން
ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ/ ސަން

ރާއްޖެއިން ރިޕޯޓްކުރި އެމްޕޮކްސް ގެ ދެ ކޭސް ވެސް ނެގެޓިވްކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ ޙަލީލު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލައިގައި ހޯމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީ ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން، ވަޒީރު ޙަލީލް ވިދާޅުވީ އެމްޕޮކްސްގެ ދެ ކޭސްއެއް ރިޕޯޓް ކޮށްގެން ތަހުލީލު ކުރެވުނު ނަމަވެސް، އެ ދެ ކޭސް ވެސް ފައްސިވެފައިވަނީ ޗިކެން ޕޮކްސް އަަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕޮކްސް އެއީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން. މިހާ ހިސާބަށް އައިއިރު އެބަލީގެ އަލާމާތް ހުރި މީހަކުވެސް ރާއްޖެއިން ފެނިފައެއްނުވޭ އަދި ރާއްޖެއަށް އިމްޕޯޓްވެސް ވެފައިނުވޭ - ސިއްޙަތާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ ޙަލީލު

ވަޒީރު އެފަދައިން ވިދާޅުވިއިރު، ރާއްޖޭގެ އަވައްޓެރި ޕާކިސްތާނުން ވެސް އެމްޕޮކްސްގެ ކޭސްއެއް ވަނީ ފެނިފައެވެ.

އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. މިވައިރަސްގެ އަލާމާތްތައް ބޮޑަށް އެއްގޮތްވާނީ ސްމޯލް ޕޮކްސް ނަމަކަށް ކިޔާ ބައްޔަކާއި ކަމަށާއި އަދި މިއީ އެހާ ނުރައްކާތެރި ބައްޔެއްނޫންންކަމަށް ސައިންސްވެރިންގެ ތަހުލީލުތަކުން ހާމަވެއެވެ.

މީގެ އިތުރަށް މިދިޔަ އަހަރުގެ މޭ މަހުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމުއިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯ އިން ވަނީ މިބައްޔަކީ އާއްމު އިޖުތިމާއީ ރައްކާތެރިކަމަށް ގެއްލުން ހުރި ބައްޔެއް ނޫންކަމަށް ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ޚިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކީ މުހިންމު މީހެއް: ނާޒިމް ޚަބަރު | 7 މަސް ކުރިންޕީއެޗްސީ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރާނެ: ވަޒީރުޚަބަރު | 8 މަސް ކުރިންނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފުތިތާހުކޮށްފިޚަބަރު | 8 މަސް ކުރިންމުޖުތަމައު ދުންފަތުން ސަލާމަތްކުރުމަށް ސަރުކާރުން އެޅީ މުހިންމު ފިޔަވަޅުތަކެއް: މިނިސްޓަރ ޚަބަރު | 10 މަސް ކުރިން