logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެޗްސީ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރާނެ: ވަޒީރު

ހެލްތު މިނިސްޓަރ ނާޒިމް؛ ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފުތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން--ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓަރ ނާޒިމް؛ ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފުތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން--ފޮޓޯ: ރައީސް އޮފީސް

ޕްރައިމެރީ ހެލްތު ކެއާ (ޕީއެޗްސީ) ގެ ތެރެއިން ނަފްސާނީ ސިއްހީ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 ގެ މައިގަނޑު އެއް އަސާސް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2025 އިން 2029 އަށް ކަނޑައަޅާފައިވާ 5 އަހަރު ދުވަހުގެ ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެވެ. މި ޕްލޭން އިފްތިތާހްކޮށްދެއްވީރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް މި ފަރުވާ ލިބޭނެކަން ކަށަވަރުކުރުމަށް ސިޔާސަތުތަކާއި، މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމާއި ނަފްސާނީ ސިއްހީ މައްްސަލަތަކުގެ ސަބަބުން ހުންނަ ތަފާތުކުރުންތައް ކުޑަކުރަން ޕްލޭންގައި ހިމެނިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޚިދުމަތް ދިނުމަށް މިހާރު ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެވޭ ނަފުސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތްވަނީ ޤާއިމްކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޓާރޝަރީ ހޮސްޕިޓަލްތަކުގައި ނަފްސާނީ ބަލިތަކަށް ޙިދުމަތްދޭނޭ ޔުނިޓްތައް ހެދުމާއި، ރަށު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ޙިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް މެންޓަލް ހެލްތު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމާއި އެކު ޙާއްސަ އެހީއަށް ބޭނުންވާ މީހުން މަރުކަޒު ހަރުދަނާކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަސް އަހަރުގެ މި އެކްޝަން ޕްލޭނަކީ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އިފްތިތާޙުކުރެއްވި މަގުޗާޓެކެވެ. ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަކީ މި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ ވެސް އެންމެ އަހަންމިއްޔަތުކަން ދެއްވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެއްވުމަށް ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި އޮސްޓްރޭލިއާ ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނެޝަނަލް މެންޓަލް ހެލްތު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެކްޓިން ކަންޓްރީ ރެޕްރެޒެންޓޭޓިވް މިސް ޕޭޑަންއާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އެޑްވަޑް އެޑާއީއާއި މިނިސްްޓްރީގެ އިސްވެރިންނާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސިއްހީ ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފިޚަބަރު | 22 ދުވަސް ކުރިންސަރުކާރުން އައިނުގެ ޚިދުމަތް ދެނީ ވިޔަފާރި އުސޫލަކުން ނޫން: ވަޒީރު ނާޒިމްޚަބަރު | 25 ދުވަސް ކުރިންބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ: ނާޒިމްޚަބަރު | 3 މަސް ކުރިންނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމްޚަބަރު | 4 މަސް ކުރިން