logoEN
ޚަބަރު

ސިއްހީ ޚިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކީ މުހިންމު މީހެއް: ނާޒިމް

އާމިނަތު ސަފާއާމިނަތު ސަފާ

14 އޭޕްރީލު 2025 - 07:18

މަސައްކަތް ކުރަންޖެހޭނީ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކީ ވަރަށް މުހިންމު މީހެއްކަމަށް ދެކިގެން އެގޮތުގައި ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އަތޮޅު ތަކުގެ ޞިއްހީ ޚިދުމަތްދޭ ހޮސްޕިޓަލް ތަކާއި ޞީއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރާ އިސްވެރިންނަށް އަމާޒުކޮށްގެން "މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯރ ހޮސްޕިޓަލްސް އެގްޒެކެޓިވްސް" ގެ ނަމުގައި ފެށި ތަމްރީން ޕްރޮގްރާމުގައި ވާހަކަފުޅު ދަްކަވަމުންނެވެ.

ތިން މަސްދުވަހަށް ހިންގޭ މި ޕްރޮގްރާމަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އެކު ކުރިއަށް ގެންދާ ޓްރެއިނިންގ އެކެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ވަޒީރު ނާޒިމް އިބްރާހީމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި ތަމްރީން ފުރިހަމަކުރާ، ހޮސްޕިޓަލް މެނޭޖަރުންނާއި ޒިންމާދާރުވެރިން ތަމްރީނުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، އަދި ރޭވުންތެރިކަމާއި އެކު މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤާބިލް މުވައްޒަފުންތަކެއް އުފެދިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޮންލައިންކޮށް 3 މަސްދުވަހަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި 150 މީހުން ބައިވެރިވެއެވެ. މި ޓްރެއިނިން ކުރިއަށް އޮތް ތަނުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އެކު އހަރަކު އެއްފަހަރު ކުރިއަށް ގެންދަން ބޭނުންވާކަން މިނިސްޓަރ މިއަދު ފާހަގަކުރެއްވިއެވެ. ތަމްރީނުގައި ކިޔަވައިދެއްވާ ދާއިރާތަކުގެ ތެރޭގައި މެނޭޖީރިއަލް ޕްރޮފިޝެންސީ، ހެލްތު ކެއަރ އޮޕަރޭޝަން ހަރުދަނާކުރުން، ފައިނޭންޝިއަލް މެނޭޖްމަންްޓް، އަދި އިންފޮމޭޝަން ޓޭކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ވެސް ބައިވެރިވަޑައިގެން ތަމްރީންގައި ބައިވެރިވާ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް

871x217_placeholder