logo
Bank of Maldives

Bank of Maldives

ޚަބަރު

ބ. އަތޮޅު 2 ރަށެއްގެ ސިއްހީ މަރުކަޒު އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށްފި

މުޙައްމަދު އަފްރާޙް
22 ޖެނުއަރީ 2026 - 05:31
ބ. އަތޮޅު 2 ރަށެއްގެ ސިއްހީ މަރުކަޒު އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށްފި

ބ. އަތޮޅު 2 ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ގޮއިދޫ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އިބްރާހިމް ލަޔާން ރިޔާޒް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ ރަށެއްގެ މަސައްކަތް ވެސް 480 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ގޮއިދޫ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަގަކީ 8.2 މިލިއަން ރުފިޔާއެވެ.

ފެހެންދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް ސޮއި ކުރެއްވިއިރު، ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒްއެވެ.

ފެހެންދޫ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަގަކީ 6.7 މިލިއަން ރުފިޔާއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާޢިރާގެ މެމްބަރ ޢަބްދުލްޙަންނާން އަބޫބަކުރު ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބ. އަތޮޅު 2 ރަށެއްގެ ސިއްހީ މަރުކަޒު އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކަމަދޫގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއްޚަބަރު | ދުވަހެއް ކުރިންއަތޮޅުތަކަށް ބޭނުންވާ 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިޚަބަރު | 5 ދުވަސް ކުރިންނޮޅިވަރަމަށް ދަތުގެ ފަރުވާއާއި އެކްސްރޭގެ ޚިދުމަތް ތައާރަފުކުރަނީޚަބަރު | މަހެއް ކުރިން