logo
Bank of Maldives

Bank of Maldives

ޚަބަރު

މުޖުތަމައު ދުންފަތުން ސަލާމަތްކުރުމަށް ސަރުކާރުން އެޅީ މުހިންމު ފިޔަވަޅުތަކެއް: މިނިސްޓަރ

ހުސައިން ވަސީމް
18 ޑިސެމްބަރު 2024 - 12:05
މުޖުތަމައު ދުންފަތުން ސަލާމަތްކުރުމަށް ސަރުކާރުން އެޅީ މުހިންމު ފިޔަވަޅުތަކެއް: މިނިސްޓަރ

ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އ.ދ ގެ އިދާރާ ޔުނިސެފް އިން އިސްނަގައިގެން، ކަމާގުޅޭ އެންމެހާ އިދާރާތަށް އެއްމޭޒުދޮށަށް ގެނެސް މަޝްވަރާކުރުމަށް "ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކޮންމެ ރައްޔިތަކީވެސް އެންމެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކުރާ މީހަކަށް ވާންޖެހޭ ކަމަށެވެ. މި ވިސްނުމުގައި މަސައްކަތް ކޮށްފި ނަމަ ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވާން ފަސޭހަ ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ ދައުލަތުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށާ ޕްރިވެންޓިވް ހެލްތު ކެއާ ހަރުދަނާކޮށް، ފުޅާކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މުޅި ރާއްޖޭގައި ސިޒޭޝަން ކްލިނިކްތައް ގާއިމްކޮށް ކްލިނިކްތަކަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ނާޒިމް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގައުމީ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ އަންނަ އަހަރު ކުރީކޮޅު އެމަސައްކަތް ނިންމާލެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ދުންފަތާ މީހުން ދުރުކުރުން ކަމަށާ ދުންފަތުން މީހުން ރައްކާތެރިކުރުމަށް އަދި ވަކީން ހާއްސަކޮށް އަންނާން އޮތް ޖީލު ދުންފަތުގެ ތަފާތު ބާވަތްތަކަށް ހުށަހެޅޭ ހުށަހެޅުމުން ސަލާމަތްކުރުމަށް، ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށްވެސް ނާޒިމް ވިދޅާުވި އެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުން އަދި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަކީ އޭގެ ތެރެއިން ފިޔަވަޅުތަކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފިޚަބަރު | 22 ދުވަސް ކުރިންސަރުކާރުން އައިނުގެ ޚިދުމަތް ދެނީ ވިޔަފާރި އުސޫލަކުން ނޫން: ވަޒީރު ނާޒިމްޚަބަރު | 25 ދުވަސް ކުރިންބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އަތޮޅުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ: ނާޒިމްޚަބަރު | 3 މަސް ކުރިންނަފްސާނީ ބަލީގެ ފަރުވާ މުޅިރާއްޖެއަށް ލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތްކުރަމުން : ވަޒީރު ނާޒިމްޚަބަރު | 4 މަސް ކުރިން