logo
ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލުނެރެފި

ޝަހްޒާ މުހައްމަދު
19 ޖުލައި 2025 - 11:46
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ރާއްޖޭގެ ބޮޑުބަަޔަކަށް 45 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކޮށް، ބޮޑުބަޔަކަށް ހުދުސަމާލުނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ ، މެޓް އޮފީހުން،ވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭގަނޑު 21:30 ހާހަމައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 އާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުންޏެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްއިރު ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައްހިނގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނުގެ އަތޮޅުތަކަށް މިއަދު ވެސް މޫސުން ގޯސް ޚަބަރު | މަހެއް ކުރިންމިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސްޚަބަރު | މަހެއް ކުރިންގަދަ ވަޔާއެކު އެއާޕޯޓު މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެޚަބަރު | މަހެއް ކުރިންއުތުރުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެޚަބަރު | މަހެއް ކުރިން