logo
ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖުލައި 2025 - 02:59
ގުޅީ ފަޅުން ގޯތި ލިބުނު ބަޔަކާއި ގޯތި ހަވާލުކުރަނީ، ފޮޓޯ: ހައުންސިން މިނިސްޓްރީ
ގުޅީ ފަޅުން ގޯތި ލިބުނު ބަޔަކާއި ގޯތި ހަވާލުކުރަނީ، ފޮޓޯ: ހައުންސިން މިނިސްޓްރީ

"ބިންވެރިޔާ" ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާނަމަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓު ލިބޭނީ އެ ގޯތި ދޫކޮށްލުމުން ކަމަށް މޭ މަހުގެ 29 ގައި ނިންމާފައިވާ ނިންމުން ބަދަލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ކުރި ޢިއުލާނެއްގައި ބުނީ 29 މޭގަައި އެ މިނިސްޓްރީން ނެރުނު ޢިއުލާންގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވުމުން، މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމެއްކަމުގައިވާތީ، އެކަމަށް ރިޔާޢަތްކޮށް އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީއާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، ޙަވާލާދީފައިވާ މި މިނިސްޓްރީގެ އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ށ) އަށް ޢަމަލުނުކުރުމަށް ނިންމާފައިވާ ކަމުގައި ދެންނެވިން'' ހައުސިން މިނިސްޓްރީން ބުނެފަވެއެވެ.

އެ މިނިސްޓްރީން ބުނީ 15 ނޮވެންބަރު 2023 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިޢުލާންކުރި ލިސްޓާ ގުޅިގެން، ފުލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ދެންނެވުނު ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެ ކަމަށެވެ.

4،000 ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަންނަ ހޯމަ ދުވަހުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫއަށް ބަދަލުވާތީ، ހިރިމަރަދޫ ރައްޔިތުންގެ ގޯތިތަކަށް ބަދަލު ނުގެނައުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިޚަބަރު | 11 ދުވަސް ކުރިންސަލްޓަން ޕާކު 3 މަހަށް ބަންދުކޮށްފި ޚަބަރު | 17 ދުވަސް ކުރިން76 ޕޮއިންޓަށްވުރެ މަތިން ލިބި ގުރުއަތު ނުނަގައި ތިބި މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ ޚަބަރު | މަހެއް ކުރިންއައު ބަދަލެއް: އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓު ނުގެއްލޭނެޚަބަރު | 2 މަސް ކުރިން