logo
ޚަބަރު

ހަނިމާދޫއަށް ބަދަލުވާތީ، ހިރިމަރަދޫ ރައްޔިތުންގެ ގޯތިތަކަށް ބަދަލު ނުގެނައުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފި

ޝަހްޒާ މުހައްމަދު
26 އޯގަސްޓު 2025 - 04:22
ހދ. ހިރިމަރަދޫ: އެރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ޕީއެސްއެމް ނިއުސް
ހދ. ހިރިމަރަދޫ: އެރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ: ޕީއެސްއެމް ނިއުސް

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ގޯތި ގެދޮރު ދިނުމަށް ހަމަޖެހިފައިވަނީ، 24 އޮގަސްޓް 2025 އާ ހަމައަށް ގޯތި ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި، ގޯތި ބައިކުރުމާއި، އެއްމެދު ކުރުންފަދަ ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިލްތިމާސްކޮށްފިއެވެ.

ހދ. ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށާއި އެ ރަށު ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި، އެ ރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ 24 އޮގަސްޓު 2025 ގައި ހިރިމަރަދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާއެއްގައި އިއުލާނުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހައުސިން މިނިސްޓްރީއާއި އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ގެދޮރު އިމާރާތްކުރުމާގުޅޭ ތަފްޞީލީ ސަރވޭތަކާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ދެނެގަތުމުގެ މަސައްކަތްތައް އެޗްޑީސީން ކުރިއަށް ގެންދާނެކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ.

ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫއަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ. އަދި މިހާރު ގޯތި އޮވެ އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށްވެސް ގެ ލިބޭނެކަމަށް އެމިނިސްޓްރީއިން ބުންޏެވެ. މި ހުރިހާ ފަރާތެއް ހިމެނޭ ގޮތަށް ކުރިއަށްދާ މި މަޝްރޫޢުގެ ސަބަބުން ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރެއް ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް 18 މަސްދުވަހުގެ ތެރޭގައި ނިންމައި، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެވޭނެކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ. މި މަޝްރޫޢުގެ ސަބަބުން ހިރިމަރަދޫ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ރަނގަޅު ދިރިއުޅުމެއް ފޯރުކޮށްދެވޭނެކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫއަށް ބަދަލުވާތީ، ހިރިމަރަދޫ ރައްޔިތުންގެ ގޯތިތަކަށް ބަދަލު ނުގެނައުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިޚަބަރު | 11 ދުވަސް ކުރިންސަލްޓަން ޕާކު 3 މަހަށް ބަންދުކޮށްފި ޚަބަރު | 16 ދުވަސް ކުރިން76 ޕޮއިންޓަށްވުރެ މަތިން ލިބި ގުރުއަތު ނުނަގައި ތިބި މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ ޚަބަރު | މަހެއް ކުރިންއައު ބަދަލެއް: އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓު ނުގެއްލޭނެޚަބަރު | 2 މަސް ކުރިން