logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް މާޙީ
23 މޭ 2026 - 10:55
 ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އެ މުއްދަތު ސުންގަޑީގެ ގޮތުގައި މީގެކުރިން ކަނޑައަޅާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އަދި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރު 15 ޖޫން 2026ގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މުއްދަތު އިތުރުކުރީ އަޟްޙާ ޢީދަކީ ގިނަ ފަރާތްތަކަކުން ޢާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، ޢީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅުއްވަމުން ދާތީ ކަމަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން އަދި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

މިއީ ހައުސިންގ މިނިސްޓްރީން މުއްދަތު އިތުރު ކުރި ތިންވަނަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބޯހިޔާވަހިކަމަށް އެދި 37000 ފޯމުޚަބަރު | 11 ދުވަސް ކުރިންކުޑަހުވަދޫގެ އަމިއްލަ ގޯތިތަކުގައި 50 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 15 ދުވަސް ކުރިންގުޅީފަޅުން 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން