logo
MPL

MPL

ޚަބަރު

ބޯހިޔާވަހިކަމަށް އެދި 37000 ފޯމު

ބޯހިޔާވަހިކަމަށް އެދި 37000 ފޯމު

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން މިހާތަނަށް 37،000 ފޯމު އެބަ އޮތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިްނގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިއީ ޑްރާފްޓް އެޕްލިކޭޝަންތަކާއެކު ހުރި ފޯމުގެ އަދަދު ކަމަށާއި އެ ފޯމުތަކުގެ ތެރޭގައި ބޯހިޔާވަހިކަމަށް އެދި 20،000 ފޯމު ލިބިފައިވާއިރު، އެކަމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 17،000 ފޯމު ވާކަމަށެވެ. އަދި މިނަންބަރުތަކުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރުކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ގޮތަށް އޮތުމުން ކަމަށާއި ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް އެހާ ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިކަން ފާހަގަކުރައްވާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި 1000 ފްލެޓާއި ޓާޓާއިން މާލޭގައި އިމާރާތްކުރި ފްލެޓުތަކާއި ކޮރަލްވިލް އިން އެޅި 180 ފްލެޓާ އެކު 1500 ފްލެޓު ހިމެނޭކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު 10،000 އަށް ވުރެ ގިނަ ފްލެޓު އެޅި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިންގ ޔުނިޓަށް ފަންޑުކުރުމާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމާއި، ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ފައިނަލްވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެއަށް އަހަރަކު 1 މިލިއަން ފަތުރުވެރިން؛ އިގުތިސާދަށް ބޮޑު އިންގިލާބެއް!ޚަބަރު | 12 ދުވަސް ކުރިންމަޝްރޫއުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: މުއްތަލިބްޚަބަރު | 18 ދުވަސް ކުރިންގޯތީގައި ގެދޮރު އަޅަން ބޭނުންވާ އިކުއިޓީ ސަރުކާރުން ދެނީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް: ވަޒީރު މުއްތަލިބްޚަބަރު | 18 ދުވަސް ކުރިންމާލެ ސިޓީ ކައުންސިލުގެ ދަށުގައިވާ 14 ބިމެއް ސަރުކާރަށް ނަގައި، އެތަންތަނުގައި ހިންގާނެ މަޝްރޫޢުތައް އިއުލާނުކޮށްފިޚަބަރު | 21 ދުވަސް ކުރިން