logo
Bank of Maldives

Bank of Maldives

ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ޑިސްޗާޖު ކޮށްފި

އަޙްމަދު ޒަލީފް
20 ޖުލައި 2025 - 11:23
އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ޑިސްޗާޖު ކޮށްފި

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކައިރި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރުވާ ދިނުމަށް ފަހު 16 އަހަރުގެ ކުއްޖާ އިއްޔެ ގެޔަށް ދޫކޮށްލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަސްމަތިން ހުރަސްކުރި މީހެއްގެ ގައިގައި، ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އަދި ކުރިމަތިން އިރުން ހުޅަނގަށް ދުއްވާފައި އައި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 20:17 ހާއިރުއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން، ޔޫސުފް އަލްސަން މުހައްމަދު (17އ) ވަނީ ނިޔާވެފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖަކަށާއި، ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހާއަށްވެސް ވަނީ އަނިޔާވެފައެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލު އައިސް ޖެހުނީ ކުއްލިއަކަށް މަގުމެދަށް ނުކުތް ކުޑަކުއްޖެއް ގައިގައިޚަބަރު | 20 ދުވަސް ކުރިންތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް: އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދެނީޚަބަރު | މަހެއް ކުރިންކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޚަބަރު | 2 މަސް ކުރިންނުރައްކާތެރިކޮށް ދުއްވި ކާރެއް ފުލުހުންގެ ސައިކަލެއްގައި ޖެހި ފުލުހަކަށް އަނިޔާވެއްޖެޚަބަރު | 3 މަސް ކުރިން