logo
Bank of Maldives

Bank of Maldives

ޚަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލު އައިސް ޖެހުނީ ކުއްލިއަކަށް މަގުމެދަށް ނުކުތް ކުޑަކުއްޖެއް ގައިގައި

ޢައްފާން މުޙައްމަދު
5 އޮކްޓޯބަރު 2025 - 06:52
ބާރު ސްޕީޑުގައި ދުއްވި ސައިކަލު އައިސް ޖެހުނީ ކުއްލިއަކަށް މަގުމެދަށް ނުކުތް ކުޑަކުއްޖެއް ގައިގައި

ތިނަދޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވަރަށް ބާރަށް ދުއްވި އެ ސައިކަލު އައިސް ޖެހުނީ، އެވަގުތު މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ބަޔައަކާއެކީ ހުރެފައި ކުއްލިއަކަށް މަގު މެދަށް ދުއްވައިގަތް ކުޑަކުއްޖެއްގެ ގައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ތިނަދޫ ސިޓީ، އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް އިއްޔެ އިރުއޮއްސި 18:16 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ. އެ ކުއްޖާއަށް މިހާރު އަންނަނީ ތިނަދޫ، ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ، އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ މީހެއް ކަމަށާއި، އެކްސިޑެންޓު ވުމުން މަޑުނުކޮށް އެ މީހާ ގޮސްފައިވާކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން، 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށްފައިވާއިރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.

ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމުގެ ސަބަބުން ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. އަދި އެފަދަ އެކްސިޑެންޓުތަކުގައި ފުރާނަ ގެއްލުމުގެ ހާދިސާތައް، މިފަހުން ވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި މާލޭގައި، މެރީބްރައުން ރެސްޓޯރަންޓު ކައިރީ ކަފިހި ހުރަހުން ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، އެ ސައިކަލު ދުއްވަން އިން ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 3 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 3 ދުވަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 3 ދުވަސް ކުރިންއައްޑޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިކަމަށް އެދިއްޖެޚަބަރު | 5 ދުވަސް ކުރިން