logo
Bank of Maldives

Bank of Maldives

ޚަބަރު

ނުރައްކާތެރިކޮށް ދުއްވި ކާރެއް ފުލުހުންގެ ސައިކަލެއްގައި ޖެހި ފުލުހަކަށް އަނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2025 - 19:03
ނުރައްކާތެރިކޮށް ދުއްވި ކާރެއް ފުލުހުންގެ ސައިކަލެއްގައި ޖެހި ފުލުހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވި ކާރެއް މަޑުކުރަން މަސައްކަތްކުރި ފުލުހުން ތިބި ސައިކަލެއްގައި އެ ކާރުންޖެހި ހޮނިހިރު ދުވަހުގެ ރޭ ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރުމަށް ފުލުހުން އެންގި ނަމަވެސް، އެ ކާރު ވަނީ މަޑުނުކޮށް ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވާފައެވެ. މި ކާރު ދުއްވަމުން ދިޔައީ ނުރައްކާތެރި ގޮތެއްގައި ކަމަށް ފުލުހުން ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ، އެ ކާރު ހުއްޓުވުމަށް ފުލުހުންގެ ސައިކަލެއް ފަހަތުން ދަނިކޮށް، އެ ސައިލުގައި ކާރުން ޖެހި ވަނީ އެކްސިޑެންޓްވެފައިކަަމަށެވެ.

މި ހާދިސާގައި ފުލުހުންގެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުސް އޮފިސަރަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާ އާއި ކާރުގައި އިން އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާ ހިނގި އަދިސީނުގައި މިވަގުތު ވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓު ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދަށް، އިތުރު 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބުނެ 4 މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީޚަބަރު | ދުވަހެއް ކުރިންސިނގިރޭޓް ބޮޑު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން