logo
Bank of Maldives

Bank of Maldives

ޚަބަރު

ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

އަޙްމަދު ޒަލީފް
17 އޯގަސްޓު 2025 - 03:50
ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ލ. ކައްދޫ އެއަރޕޯޓް ކައިރިން ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅުނު 64 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ، ހޯރަ ވިލާ މުޙައްމަދު ނައުސާން (37އ)އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަރޕޯޓަށްދާ މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުންވަނީ މަޢުލޫމާތުދެއްވާފައެވެ.

މި އެކްސިޑެންޓުގައި ޒިބްރާ ކްރޮސްއިން މަގު ހުރަސް ކުރި ދެ މީހުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ނިޔާވެފައިވަނީ ލ. މާވަށު، އެތުމާ، މަރްޔަމް މޫސާ،(64) އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ޓްރެފިކް: މިދިޔަ ހަފްތާގައި އެކަނިވެސް 57 އެކްސިޑެންޓެއްޚަބަރު | މަހެއް ކުރިންދުއްވި ސައިކަލް ކޮންޓްރޯލްނުވެ ގޮސް ޖެހުނީ ލައިޓަށް މަޑުކޮށްފައި އޮތް ޕިކަޕެއްގައިޚަބަރު | 2 މަސް ކުރިންބްރިޖުގައި އެކްސިޑެންޓެއް ހިނގައި ދެ އަންހެނުންނަށް އަނިޔާވެއްޖެޚަބަރު | 2 މަސް ކުރިންބާރު ސްޕީޑުގައި ދުއްވި ސައިކަލު އައިސް ޖެހުނީ ކުއްލިއަކަށް މަގުމެދަށް ނުކުތް ކުޑަކުއްޖެއް ގައިގައިޚަބަރު | 2 މަސް ކުރިން