logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

މާލޭ ޓްރެފިކް: މިދިޔަ ހަފްތާގައި އެކަނިވެސް 57 އެކްސިޑެންޓެއް

އިސްމާޢިލް ރާތިޢު
12 ނޮވެމްބަރު 2025 - 04:48
ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު

މިދިޔަ ހަފްތާގައި އެކަނިވެސް، މާލެ، ބްރިޖު އަދި ހައިވޭ ހިމެނޭހެން 57 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ޓްރެފިކް ތަފާސްހިސާބުތައް ދައްކާގޮތުން މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ 11 އެކްސިޑެންޓާއެކު، އަންގާރަ ދުވަހުއެވެ. ހޯމަ ދުވަހު 10 އެކްސިޑެންޓު ހިނގާފައިވާއިރު ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ނުވަ އެކްސިޑެންޓު ހިނގާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓުތަކުގައި ދެ މީހަކަށް އަނިޔާވެފައިވީނަމަވެސް ސީރިއަސް ހާލަތަކަށް ގޮސްފައިނުވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 49 އުޅަނދަކަށް އެކްސިޑެންޓުތަކުގައި އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މިދިޔަ ހަފްތާގައި ހިނގާފައިވާ 57 އެކްސިޑެންޓުގެ ތެރެއިން 49 އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައެވެ. ބާކީ އަށް އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖުމަތީގައި ނުވަތަ ހައިވޭގައެވެ.

އެކްސިޑެންޓުގެ ބާވަތަށް ބަލާއިރު، 16 އެކްސިޑެންޓާއެކު އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެވެ. ދެ ސައިކަލު ޖެހިގެން 13 އެކްސިޑެންޓެއް ހިނގާފައިވާއިރު، ދެ ކާރު ޖެހިގެންނާއި ކާރަކާއި ޕިކަޕެއް ޖެހިގެން ފަސް އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ.

ފާޙަގަކޮށްލަން ޖެހޭ ގޮތުގައި މި ހަފްތާ ތެރޭގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާފައެވެ. ހޯމަ ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސް މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ކ. ދިއްފުށި، ލައިޓް ގާޑަން އުމުރުން 19 އަހަރުގެ އިސްބާޢީލް ރަޔާން ބިން ނާޒިމްއެވެ.

ފުލުހުން އަންނަނީ މާޅޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށް ތަފާތު ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހޭދަކުރާ ވަގުތު އިތުރުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ކަހަލަ ޕްރޮގްރާމް ހިންގުން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުންޚަބަރު | 4 ގަޑިއިރު ކުރިންހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 3 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 4 ދުވަސް ކުރިން