logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި 2217 އެކްސިޑެންޓު

އިސްމާޢިލް ރާތިޢު
24 ޑިސެމްބަރު 2025 - 05:05
މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި 2217 އެކްސިޑެންޓު

މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި 2217 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މިހާތަނަށް މިއަހަރު މާލެ ސަރަހައްދުގައި އެކަނިވެސް 2217 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. މީގެތެރެއިން 335 އެކްސިޑެންޓަކީ ބްރިޖް އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށްވާއިރު މީގެތެރޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިމެނޭކަމަށް ފަސީހް ވިދާޅުވިއެވެ.


މިދިޔަ އަހަރުގެ ބައެއް މައްސަލަތަކާ އެއްކޮށް މިއަހަރު މިހާތަނަށް އެކްސިޑެންޓުގެ 2327 މައްސަލައެއް ބަލާފައި ވާނެކަމަށް ފަސީހު ވިދާޅުވިއެވެ. މީގެތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދީފައިވާއިރު، އެކްސިޑެންޓުތަކުގައި ދެފަރާތުން ވާހަކަ ދައްކައިގެން ބަދަލުގެ ގޮތުގައި 4.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު %76 ގެ އިތުރުވުމެކެވެ.

ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން ދިއުމުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމައްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު އެކި ހަރަކާތްތައް ހިންގުމާއި މަގުތަކަކީ ދަތުރުކުރަން އަމާން، ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން އާންމުންނާއި ސްކޫލްތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮއްގެން އެކި ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މީގެ އިތުރުން މީސްމީޑިއާ މެދުވެރިކޮއްވެސް ވަނީ އެކިއެކި މަސައްކަތްތަކެއްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަށް ނައްތާލައިފިޚަބަރު | 3 ގަޑިއިރު ކުރިންރިވެލި އޮޕަރޭޝަން މިރޭ ފަަށަނީޚަބަރު | 3 ގަޑިއިރު ކުރިންބޭރު ގައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތްކުރޭ: ފުލުހުންޚަބަރު | 4 ގަޑިއިރު ކުރިން