ރައީސް މަނަދޫއަށް ވަޑައިގަންނަވައިފި
21 ޖުލައި 2025 - 13:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަަށް ވަޑައިގެންފިއެވެ.
ރައީސް މަނަދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަބަޔަކުވަނީ ބަނދަރު ސަރަހައްދުން އެއްވެފައެވެ.
މަނަދޫއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ހަތަރުވަނަ ރަށެވެ.
މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި މަނަދޫގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
ރައީސް މިދަތުރުފުޅުގައި މަނަދޫގައި ބައެއްތަރަގީގެ މަޝްރޫއުތައް ފައްޓަވާދެއްވާނެއެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލުގެ ބިންގާ އެޅުއްވުން ވެސް ހިމެނެއެވެ.
މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.