logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރަނި ދައްކަން ދަތިނުވާނެ، ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

ޝަހްޒާ މުހައްމަދު
21 ޖުލައި 2025 - 12:34
ދަރަނި ދައްކަން ދަތިނުވާނެ، ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ދަތިތައް ދިމާނުވާނެގޮތަށް މިއަހަރާއި އަންނަ އަހަރު ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކެނދިކުޅުދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމް މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ނިމޭނެކަމަށެވެ. އަދި ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަ ދެއްވާފައިވާކަމަށާއި، އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އިސްކަންދެއްވާނެކަމަށް ވިދާޅުވަމުން، ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކޮށް، ހަލާކުވެފައިވާ ދަނޑު މަރާމާތުކޮށް، ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް އެރަށުގައި ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ނުނިމިއޮތް ފެނާއި ނަރުދަމާގެ މަޝްރޫޢުއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ.

އެންމެ މުހިންމު އެއްކަމެއް އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މަގުފަހިކުރުން. ޓޫރިޒަމްގެ ދާއިރާއިން ފުދުންތެރިކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަޢުދެއް، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކެނދިކުޅުދޫ "މެންގްރޫވް އައިލެންޑު" ބްރޭންޑުކުރުމަށް ކައުންސިލާއި ރައްޔިތުން ދޭ އަހައްމިއްޔަތަށް އިޖާބަދީ، ރައްޔިތުން އެދޭގޮތަށް އިކޯ ޓޫރިޒަމް ފަށައި ފުޅާކުރުމަށް ގޮތްތަކެއް ހޯދައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއަހަރު ގިނަ ރަށްރަށުގައި ކުރިއަށް އޮތް ފަސް މަސް ދުވަސްތެރޭގައި ގިނަ މަޝްރޫޢުތައް ފެށި، އަންނަ އަހަރުވެސް އިތުރު ރަށްތަކުގައި މަޝްރޫޢުތައް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނ. އަތޮޅަށް ކުރައްވަމުންގެދަވާ ދަތުރުފުޅުގައި ވަނީ، ކެނދިކުޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައް ބައްދަލުކުރައްވާފައެވެ.

އެބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްގެ މަޝްރޫޢުގެ އިތުރުން އަލަށް މީހުން އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | ދުވަހެއް ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | ދުވަހެއް ކުރިންޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުޚަބަރު | ދުވަހެއް ކުރިންޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | 2 ދުވަސް ކުރިން