logo
E-Platinum
ޚަބަރު

މަނަދޫން އުނގޫފާރަށް ޑައިރެކްޓް ފެރީގެ ހިދުމަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ: ރައީސް

ނުހާ އަޙްމަދު
21 ޖުލައި 2025 - 17:09
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ނ. މަނަދޫން ރ.ދުވާފަރަށް ޑައިރެކްޓް ފެރީގެ ހިދުމަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، އެ މަނިކުފާނު މިވަގުތު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ނ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ގާއިމް ކުރެވިފައިވީ ނަމަވެސް މަނަދޫ ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށް އުނގޫފަރަށް ކުރަންޖެހޭ ދަތުރުތަކަށް ބަދަލު ގެނެސް، މަނަދޫން ސީދާ އުނގޫފާރަށް ދަތުރު ކުރެވޭނެ އިންތިޒާމުތަށް ގާއިމް ކުރައްވާނެ ކަމަށެވެ.

އުނގޫފާރުގައި މެނިފެސްޓޯއެއް ކަނޑައެެޅި ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ފެށާފައިވާ ކަމަށާއި، އެ ހޮސްޕިޓަލަކީ މުޅި ޒޯންގެ ރައްޔިތުންނަށް އަނަން ހޮސްޕިޓަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހަމަ ޑައިރެކްޓް ފެރީ ލިންކް އެއް މި ރަށުން އުނގޫފާރަށް، އުނގޫފާރުން މި ރަށަށް ދުއްވޭ ގޮތަށް ފްރީ ކުއެންޓްކޮށް ހަމަ ދުއްވޭ ގޮތަށް އާރްޓީއެލް ގާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދު ކުރެއްވިއްޔާ ނޮވެމްބަރު މަހުގެތެރޭ އެކަން ފެށިގެންދާނެ، - ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މަނަދޫގެ ތަރައްގީއަށް ބޭނުންވާ ބައެއްކަންކަން ވެސް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ މަނަދޫގެ ނަރުދަމާގެ ނިޒާމު އެއްކޮށް ބަދަލުކޮށް މުޅި ރަށުގައި ނަރުދަމާ އާކޮށް ގްރެވިޓީ ނިޒާމެއްގެ ދަށުން ނަރުދަމާ އޮޕަރޭޓު ކުރާ ގޮތަށް އާ ނަރުދަމާގެ ނިޒާމެއް އަންނަ މަހުގެ ތެރޭގައި އާރުޑީސީ އާއެކު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިން ހަވާލު ކުރެވިފައިވާ މަގުހެދުމުގެ މަޝްރޫއުއަކީ ނަރުދަމާ އެޅިގެން ނޫނީ ނުވާނެ ކަމެއް ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ވެސް ނަރުދަމާގެ މަސައްކަތާ އެކު އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ކުޅިވަރުގެ ދާއިރާއަށް ނަޒަރު ހިންގާ ރައީސް ވިދާޅުވީ، ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ގާއިމް ކުރުމާއި އައުޓްޑޯ ޖިމް އަދި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާ އަށް ހާއްސަ އިސްކަމެއްދެއްވާކަމަށް ވިދާޅުވެ ރައީސް ދެންނެވީ، މަނަދޫގައި ޔުނިވާސިޓީ ކެމްޕަސްއެއް ޤާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން އިސްލާމިކް ޔުނިވާސިޓީން ކެމްޕަސް ޤާއިމް ކުރުމުގެ އިދާރީ މަސަކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، އެ ހުރިހާ ކަމަކަށް ހާއްސަ އިސްކަމެއްދެއްވައިގެން މަނަދޫ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަނަދޫން އުނގޫފާރަށް ޑައިރެކްޓް ފެރީގެ ހިދުމަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންއެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | 10 ގަޑިއިރު ކުރިންރައީސް މަނަދޫއަށް ވަޑައިގަންނަވައިފި ޚަބަރު | 11 ގަޑިއިރު ކުރިންދަރަނި ދައްކަން ދަތިނުވާނެ، ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސްޚަބަރު | 12 ގަޑިއިރު ކުރިން