logo
E-Platinum
ޚަބަރު

ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރަން އެމްއެމްއޭއިން ނިންމައިފި

އާމިނަތު ޝަފާ
22 ޖުލައި 2025 - 06:59
އެމްއެމްއޭ ހިންގާ އިމާރާތް
އެމްއެމްއޭ ހިންގާ އިމާރާތް

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ 10 އިންސައްތަ ބޮޑުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ- އެމްއެމްއޭއިން ނިންމައިފިއެވެ.

މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން މަރުކަޒީ ބޭންކުން ނިންމިއިރު، މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިންސައްތަ އިން 90 އިންސައްތަ އަށް ވަނީ މަތިކޮށްފައެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގައެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެއެވެ.

ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގައި ކަމަށް އެމްއެމްއޭއިން ހާމަކުރި ތަފާސް ހިސާބުތަކުން ހާމަވެއެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުމެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 7 ދުވަސް ކުރިން ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއްރިޕޯޓް | 7 ދުވަސް ކުރިންއެމްއެމްއޭ އިން ބޭރު ފައިސާގެ ރިޒާވް ރިކުއާމަންޓް 5 އިންސައްތައަށް ދަށްކޮށްފިޚަބަރު | 8 ދުވަސް ކުރިންބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގައި އަމަލުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް: އެމްއެމްއޭޚަބަރު | 9 ދުވަސް ކުރިން