logo
Bank of Maldives

Bank of Maldives

ޚަބަރު

ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝަހްޒާ މުހައްމަދު
25 ޖުލައި 2025 - 15:53
ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވި، ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކަމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ޚިދުމަތް ޤާއިމުވެގެންދާނެއެވެ. މިއީ އެމްއެމްއޭ އިން ކުރިޔަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ތަޢާރަފް ކުރުމަށް ރޭވިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި 2026 ވަނަ އަހަރުގެ ކުރީކޮޅު ދިވެހިރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެއެވެ. ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުޢާމަލާތްތަކުގައި ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ މަގު ފަހިވެގެންދާނެކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި މަސައްކަތްތައް ހަރުދަނާކުރުމަށް "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އެމްއެމްއޭ އިން ވަނީ ފަށާފައެވެ. މި ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ޚިދުމަތްތައް ތަޢާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާނެކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެންއައިޕީއެލް އިން ވަނީ ސިންގަޕޫރު، ސްރީ ލަންކާ، އަދި ނޭޕާލް ފަދަ ޤައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ޚިދުމަތްތައް ތަޢާރަފްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއްޚަބަރު | 5 ދުވަސް ކުރިންބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 11 ދުވަސް ކުރިންއެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީޚަބަރު | 12 ދުވަސް ކުރިންއިގްތިސާދަށް ދުޅަހެޔޮކަން، ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއްޚަބަރު | 15 ދުވަސް ކުރިން