ރަށެއް ތަރައްޤީ ކުރުމުގައި ސިޔާސީ ޚިޔާލުތަފާތުވުމަކީ ހުރަހަކަށް ނުވާނެ - ރައީސް
22 ޖުލައި 2025 - 14:07

ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން ދޫކޮށްލައި އަދުގެ ސަރުކާރުން ކުރިއަށްދާނީ ތަރައްޤީގެ ސިޔާސަތާއިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުުޅުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށްހުރި ހުރިހާ މަގަކުން މަސައްކަތްކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.
ރަށުގެ ތަރައްޤީގެ އިތުރު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުޑަފަރީއަށް ބޭނުންވާ ކަންކަން އެއްވެސް ތަފާތުކުރުމެއްނެތި ކޮށށްދެއްވާނެކަމަށާއި، އެގޮތުން މިހާރު ހުރި އިންޖީނުގޭގެ ހާލަތު ދަށްވެފައިވުމާއެކު އެތަނުގައި އެންމެ ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އެކަން ކުރުމަށް ފެނަކައަށް ދަންނަވާފައިވާކަމަށާއި، އެފަދަ ކަނމުގައި ކުޑަފަރީގެ ތަރައްޤީއަށް އިސްކަންދީގެން ރައްޔިތުންގެ ހައްހުގައި މަސައްކަތް ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްްގީގެ ސިޔާސަތަކީ ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކު ތަރައްޤީ ޔަޤީންކޮށްދިނުންކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ ވަޢުދުތުތައް ފުއްދުމާއެކު ރައްޔިތުން އެެދޭގޮތަށް ކަންކަން ފުރިހަމަކޮށްދިނުންކަމަށާއި ރައްޔިތުންގެ ގާތަށް ދަތުރުކުރައްވަނީވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމަށެވެ.
ކުޑަފަރިއަށް އެންމެ މުހިންމުވެފައިވާ ގޮނޑުދޮށް ހިމާޔަތްކޮށް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.