logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަކިއްޔާގެ އާއިލާއަށް ރައީސް ދެއްވީ ޔަޤީންކަން: "އިންސާފު ހޯދައިދޭނަން"

އަޙްމަދު ޒަލީފް
22 ޖުލައި 2025 - 14:13
ޒަކިއްޔާގެ އާއިލާއަށް ރައީސް ދެއްވީ ޔަޤީންކަން: "އިންސާފު ހޯދައިދޭނަން"

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްްޒު މިހެން ވިދާޅުވީ ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން ޒަކިއްޔާގެ މަރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި އޭނާގެ އާއިލާއާއި އެ ރަށު ބައެއް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ޒަކިއްޔާގެ އާއިލާގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު އެ އާއިލާއާއި އެ ރަށު ރައްޔިތުންނަށް ރައީސް ވިދާޅުވީ އެ މައްސަލާގައި ކަން ހިނގާފައިވާގޮތް ގާތުން ބައްލަަވައި، އެކަމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި އެ މައްސަލާގައި އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހޮޅުދޫއަށް ވަޑައިގެންނެވުމުން ޒަކިއްޔާގެ އާއިލާގެ މެމްބަރުންނާއި އެ ރަށު ރައްޔިތުން ވަނީ ޒަކިއްުޔާގެ މަރުގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. ރައީސް ވަނީ އާއިލާއާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ފުރުސަތު ދެއްވައި، ކަންބޮޑުވުންތައް ގާތުން އަޑު އައްސަވާފައެވެ.

ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާގެ ހަށިގަނޑު ކައިރިން ވަޅިއެއްވެސް ފެނުނު ފުލުހުން ވިދާޅުވިއެވެ.

ޒަކިއްޔާ ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އޭނާގެ މަރުގެ މައްސަލާގައި މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާއިރު، އެ މަރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 3 މަސް ކުރިންއިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފިޚަބަރު | 4 މަސް ކުރިންއިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިޚަބަރު | 4 މަސް ކުރިންޗާގޯސް ހައްގީ ދިވެހީންނަށް، އެއީ ދިވެހީންގެ ފޯޅަވަހި: ރައީސްޚަބަރު | 7 މަސް ކުރިން